މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީގައި ދުއްވާ އެއްގަމާއި ކަނޑުއުޅަނދު ފަހަރުގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، އޭދަފުށީގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ.

                  ވީމާ، މިރަށުގައި ދުއްވާ އެންމެހައި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީގެ ކޮޕީ މިއިދާރާއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ 25 އޭޕްރިލް 2022ވާ ހޯމަ ދުވަަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިއިދާރާގެ އީމެއިލް ([email protected]) އަށް ފޮނުވައިދެއްވުން އެދި ދަންނަވަމެވެ.

                  އަދި ދަންނަވަމެވެ، މިއިދާރާގެ ފަރާތުން ބަލަހައްޓަމުންގެންދާ އެއްގަމާއި ކަނޑު އުޅަނދުފަހަރާއިބެހޭ ދަފްތަރު އަދާހަމަކުރުމަށްޓަކައި އެއްމެހާ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން މިއިދާރާއަށް ފޯރުކޮށްދެއްވުންއެދި އިލްތިމާސްކުރަމެވެ.

18 އޭޕްރިލް 2022
ހޯދާ