ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ހުރި ގިނަދުވަސްވީ ބޮޑެތި ރުއްގަސްތައް ކެނޑުމާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ހުރި ގިނަދުވަސްވީ ރުއްގަސްތައް ބައެއް ފަރާތްތަކުން ކެނޑުމާއި، ގަސްތަކަށް ގެއްލުން ދެމުންދާކަން ކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމަށްވުމާއިއެކު، އެފަދަ ގަހެއް ކެނޑުމާއި، ގަހަށް ގެއްލުން ދިނުންފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ގަސްތަކަކީ ޙިމާޔަތް ކުރެވިފައިވާ ގަސްތަކެއް ކަމުން، މިކަމާއިމެދު ރައްޔިތުން ސަމާލުވުން އެދެމެވެ. ހަމައެއާއިއެކު، ރަށުގައި މިހާރުހުރި ރުއްތަކުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ރުކެއް ކައުންސިލަށް އެންގުމަކާއިނުލައި ނުކެނޑުމަށްވެސް އަންގަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2022
ހޯދާ