ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް އޮފިސަރ (ކޮންޓްރެކްޓް)

                  

މަޤާމު

ޓުއަރިޒަމް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު)

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން

-

އޮފީސް/އިދާރާ

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

މުސާރަ: 6,295 ރުފިޔާ

ސަރވިސް އެލަވަންސް: 3,000  ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް: 1762.6 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: 2203.25  ރުފިޔާ

އެހެނިހެން އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ           

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް

 

  • ކައުންސިލްގެ ޓްވަރިޒަމް ޔުނިޓާއި ޓްވަރިޒަމް ޑެސްކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ޤައުމީ ތަރައްޤީގެ ޕްލޭނާއި ގުޅޭގޮތަށް ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މާސްޓަރ ޕްލޭނެއް އެކުލަވާލުމާއި ތަންފީޒު ކުރުމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތުގައި ކައުންސިލުން ކުރަންޖެހޭ އެއްމެހައި ކަންކަމާއި ގުޅޭ މަސައްކަތްތައް ކުރުން.  
  • ކައުންސިލްގެ އަހަރީ ތާވަލްގައި ހިމެނޭ ފަތުރުވެރިކަން ކުރިއަރުވަން ކުރަންޖެހޭ އެންމެހައި ހަރަކާތްތައް ރާވާ ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ހޯމް ސްޓޭ، ގެސްޓްހައުސް އަދި ޑައިވް ސެންޓަރ ފަދަ މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ރަޖިސްޓަރީ ކުރަންޖެހޭ ތަންތަން ރަޖިސްޓަރީކޮށް އިންސްޕެކްޓް ކުރުމުގައި ސިޓީކައުންސިލްގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތައް ކުރުން
  • ފުވައްމުލަކު ސިޓީ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމާއި މިމައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  • ފުވައްމުލަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޤައުމީ އަދި ބައިނަލް އަޤުވާމީ ފެއަރ ތަކުގައި ފުވައްމުލައް ސިޓީ ތަމްސީލް ކުރެވޭނެ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން.
  • މިނިސްޓްރީ އޮފް ޓްވަރިޒަމްގައި ރަޖިސްޓަރކޮށްގެން ހިންގާ ޓްވަރިސްޓް ފެސިލިޓީ ތަކުގެ (ހޯމް ސްޓޭ ގެ ގޮތުގައި ހިންގާ ގެ ތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ) މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ފަތުރުވެރިންނަށް މިމައުލޫމާތު ފަސޭހައިން ލިބޭނެގޮތް ހެދުން.
  • ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވާ މައްސަލަތަކާއި ކުރާ ޝަކުވާތައް ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން
  • ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުން ދާ މިންވަރާއި ، ފަތުރުވެރިންގެ ޑިމާންޑްތައް ދެނެގަތުމަށް ސާވޭކޮށް އެމައުލޫމާތު ރައްކާކޮށް ބެލެހެއްޓުން.
  • ފުވައްމުލަކު ސިޓީގެ ޓުއަރިޒަމް އެނދު ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓްތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް، ހިންގުމާއި، ކަމާއި ގުޅުން ހުރި އެއްމެހައި މަސައްކަތެއް ކުރުން 
  • ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތްކުރުން.
  • ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އިން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން ނުވަތަ މެނެޖްމަންޓް ނުވަތަ ޓްރެވަލް އެންޑް ޓުވަރިޒަމް ނުވަތަ މާކެޓިންގ ދާއިރާއިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން ނުވަތަ މެނެޖްމަންޓް ނުވަތަ ޓްރެވަލް އެންޑް ޓުވަރިޒަމް ނުވަތަ މާކެޓިންގ ދާއިރާއިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ޓްރެވަލް އެންޑް ޓުވަރިޒަމް

މާކެޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)  
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

    7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

8   ޕޮލިސް ރިޕޯޓުގެ އަސްލު

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  •  އިންޓަރވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އެޕްރީލް 2022 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (  ([email protected] މެއިލް އެޑްރެސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ 26 އެޕްރީލް 2022 އާއި 12 މޭ 2022 އާއި ދެމެދު ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6862835 ،ފެކްސް: 6862831

އީމެއިލް: [email protected]  

18 އޭޕްރިލް 2022
ހޯދާ