އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ވޯޓުފޮށި ބަހައްޓާ ތަންތަން

(IUL)38-CA/38/2022/122 :ނަންބަރު

އިޢުލާން

ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން

 ވޯޓުފޮށި ބަހައްޓާ ތަންތަން

       2022 މޭ 16 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު ތިރީގައި މި ދަންނަވަނީއެވެ.

# ކޯޑު ވޯޓުފޮށީގެ ނަންބަރު ވޯޓުފޮށީގެ ނަން ވޯޓުލާ ސަރަހައްދު ވޯޓުފޮށި ބަހައްޓާ ރަށް/ތަން
1 230 T18.1 ވިލިމާލެ-1

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގެ ޝެއިޚްއަބްދުލްރަޙްމާންމަގާއި މާލެހިނގުމާއި ގުޅޭ ނުކުތާއިން ފެށިގެން މާލެހިނގުމުން އުތުރަށް، ވެށިމަގުން ހުޅަނގަށް، ކަޅުތުއްކަލާމަގުން ދެކުނަށް، އަހިވަށްގޯޅިން އިރަށް، ފިނިވައިހިނގުމުން ދެކުނަށް، ޝެއިޚްއަބްދުލްރަޙްމާންމަގުން އިރަށް ގޮސް ޝެއިޚްއަބްދުލްރަޙްމާންމަގާ މާލެހިނގުމާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

ވިލިމާލެ، ޔޫތް ސެންޓަރ
2 231 T18.2 ވިލިމާލެ-2

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގެ ފިނިވައިހިނގުމާއި އަހިވަށްގޯޅިއާއި ގުޅޭ ނުކުތާއިން ފެށިގެން އަހިވަށްގޯޅިން ހުޅަނގަށް، ކަޅުތުއްކަލާމަގުން އުތުރަށް، ޖުމްހޫރީމަގުން ހުޅަނގަށް، ވެށިމަގުން ދެކުނަށް، ވެށިމަގުން އިރަށް، ރަށްވެހިހިނގުމުން އުތުރަށް، ވާރުހިނގުމުން އިރަށް، ކަޅުތުއްކަލާމަގުން އުތުރަށް، ޝެއިޚްއަބްދުލްރަޙްމާންމަގުން އިރަށް، ފިނިވައިހިނގުމުން އުތުރަށް ގޮސް ފިނިވައިހިނގުމާއި އަހިވަށްގޯޅިއާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

ވިލިމާލެ، ޔޫތް ސެންޓަރ
3 232 T18.3 ވިލިމާލެ-3

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގެ ކަޅުތުއްކަލާމަގާއި ވާރުހިނގުމާއި ގުޅޭ ނުކުތާއިން ވާރުހިނގުމުން ހުޅަނގަށް، ރަށްވެހިހިނގުމުން ދެކުނަށް، ވެށިހިނގުމުން އިރަށް، ކަޅުތުއްކަލާމަގުން އުތުރަށް، ހިރުނދުމާގޯޅިން ހުޅަންގަށް، ނިކަގޯޅިން އުތުރަށް، ބުރެވިމާގޯޅިން އިރަށް، ކަޅުތުއްކަލާމަގުން އުތުރަށް ގޮސް ކަޅުތުއްކަލާމަގާއި ވާރުހިނގުމާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

ވިލިމާލެ، ޔޫތް ސެންޓަރ
4 233 T18.4 ވިލިމާލެ-4

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގެ މާލެހިނގުމާއި ޝެއިޚްއަބްދުލްރަޙްމާންމަގާއި ގުޅޭ ނުކުތާއިން ފެށިގެން ޝެއިޚްއަބްދުލްރަޙްމާންމަގުން ހުޅަނގަށް، ކަޅުތުއްކަލާމަގުން ދެކުނަށް، ބުރެވިމާގޯޅިން ހުޅަނގަށް، ނިކަގޯޅިން ދެކުނަށް، ހިރުނދުމާގޯޅިން އިރަށް، ކަޅުތުއްކަލާމަގުން ދެކުނަށް، ވެށިމަގުން އިރަށް، ރައިވެރިބޭމަގުން އުތުރަށް، ޝަމްސުއްދީންމަގުން އިރަށް، މާލެހިނގުމުން އުތުރަށް ގޮސް މާލެހިނގުމާއި ޝެއިޚްއަބްދުލްރަޙްމާންމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ ރައްޔިތުންނެވެ.

ވިލިމާލެ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
5 600 T18.5 ވިލިމާލެ-5

މިފޮށްޓަށް ވޯޓުލާނީ ވިލިމާލެ ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ ދަފްތަރު ނަންބަރު ރސ 13183 އިން ފެށިގެން ދަފްތަރު ނަންބަރު ރސ 14070 އާއި ހަމައަށް ހިމެނޭ ރައްޔިތުންނެވެ.

ވިލިމާލެ، ސިނަމާލެ 4 ގްރައުންޑް ފްލޯ ހޯލް
6 601 T18.6 ވިލިމާލެ-6

މިފޮށްޓަށް ވޯޓުލާނީ ވިލިމާލެ ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ ދަފްތަރު ނަންބަރު ރސ 14071 އިން ފެށިގެން ދަފްތަރު ނަންބަރު ރސ 15401 އާއި ހަމައަށް ހިމެނޭ ރައްޔިތުންނެވެ.

ވިލިމާލެ، ސިނަމާލެ 4 ގްރައުންޑް ފްލޯ ހޯލް
7 1 T0.1

ބައި-އިލެކްޝަން،

މާލެ-1
މި ފޮށްޓަށް ވޯޓުލާނީ ވިލިމާލެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ. މާލެ، ޔޫތް ސެންޓަރ
8 2 T0.2

ބައި-އިލެކްޝަން،

ހުޅުމާލެ-1
މިފޮށްޓަށް ވޯޓުލާނީ ވިލިމާލެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ. ހުޅުމާލެ، އެތްލެޓިކްސް ޓްރެކް ގެ އިރުމަތި ފަރާތުގެ ދެކުނުކޮޅު ސިޑިބަރި ދަށުގައި 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2022
ހޯދާ