މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުން

ާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                           ނަމްބަރ:331/331/2022/38(IUL)

 

އިޢުލާން

 

 އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުން

 

              ޤާނޫނު ނަމްބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެއުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފުތަރެއް އެކުލަވާލަން ބޭނުންވެއެވެ.

              ވީމާ، ތިރީގައިވާ މަޢުލޫމާތުތައް 26 އެޕްރީލް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

 

* ވެރިފަރާތުގެ ނަން:  

* ވެރިފަރާތުގެ އެޑްރެސް:

* ވެރިފަރާތުގެ މޯބައިލް ނަމްބަރ:

* ރަޖިސްޓްރީ ކޮށްފައިވާ ރަށް:

* ވެރިފަރާތުގެ އައިޑީ ކާޑް ނަމްބަރ / ވާރކްވިސާ ނުވަތަ ޕާސްޕޯޓް ނަމްބަރ / ކުންފުނީގެ ރަޖިސްޓްރީ ނަމްބަރ:

* އުޅަނދުގެ ރަޖިސްޓްރީ ނަމްބަރ: (މިސާލު: AA0A-P1234 / P0000A-01)

 

               މެއިލް ކުރައްވާނަމަ [email protected] ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ވައިބަރ ކުރައްވާނަމަ މިއިދާރާގެ ވައިބަރ ނަމްބަރ 7498930 އަށް ވައިބަރ ކުރެއްވުން އެދެމެވެ.                   

18 އޭޕްރިލް 2022
ހޯދާ