މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރިން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

މިރަށުން 20 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން ، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 22 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އަންނަނިވި ލިންކް އިންވެސް ފޯމް ލިބިލައްވާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 13:00 އަށްކަމުގައި ދަންނަވަމެވެ. މި އިޢުލާނާއި އެކު 2022 ވަނަ އަހަރު މ. މަޑުއްވަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލު ( އުސޫލު ނަންބަރު : 369/2022/01 ) އާންމުކުރަމެވެ. ގޯތިތަށް ދޫކުރުމުގެ އެންމެހާ ކަންކަން ކުރިޔަށްގެންދާނީ މި އުޞޫލާއި އެއްގޮތަށްކަމުގައި ދަންނަވަމެވެ.

 

ފޯމްގެ ލިންކް : https://bit.ly/3848Qtu

އުސޫލުގެ ލިންކް : https://bit.ly/38Mgvg7

 

ގޯއްޗަށް އެދޭ މީހުންގެ ހުންނަންވާނެ ޝަރުޠުތަށް

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 އަހަރުވެފައިވުން.

(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން ފުލެޓެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިނެތުން.

 

ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

18 އޭޕްރިލް 2022
ހޯދާ