ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަދު ފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އިޢުލާން

އެއްގަމާއި ކަނޑު އުޅަދު ފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ،ރަށްރަށުގެ ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެ މިނިސްޓްރީއަށް ބޭނުންވާތީ މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ރަޖިސްޓްރީގެ ކޮޕީ މިކައުންސިލަށް 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅައިދެއްވުން އެދެމެވެ. ރަޖިސްޓްރީގެ ކޮޕީ ވައިބަރ އިން ފޮނުވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ރަސްމީ ވައިބަރ ނަންބަރު 9176574 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780004 އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 17 ރަމަޟާން 1443

18 އޭޕްރިލް 2022
ހޯދާ