މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ރަސްމާދޫގައި ބޭނުންކުރާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމާއި ބެހޭ

ޢިޢުލާން

ރ. ރަސްމާދޫގައި ބޭނުންކުރާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމާއި ބެހޭ

           ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ (5) ގައިވާ ގޮތުގެމަތިން މި ރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ އަހަރީ ފީ މި ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ، މި ދެންނެވި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (22) އިން ބާރުލިބިގެން މި ރަށުގައި ދުއްވާ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި މަތީގައި ދެންނެވިފައިވާ އުޅަނދުތަކާބެހޭ ތިރީގައި މިދަންނަވާ ލިޔުންތައް 2022 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected] އަށް އީމެއިލް ނުވަތަ 9166612 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. މަތީގައި ދެންނެވުނު ތާރީޙްގައި ދަފްތަރުގައި ނަން ޖެއްސުމަށް ނަން ނުފޮނުވާ އުޅަނދު ފަހަރުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަށް ފޮނުވަމުން ގެންދަވާނެ ވާހަކަ ދެންނެވީމެވެ.

  • އުޅަނދުގެ ރަޖިސްޓްރީ ކޮޕީ
  • އުޅަނދުގެ ވެރިފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު
  • އުޅަނދުގެ ވެރިފަރާތަކީ:
  • އަމިއްލަ ފަރުދެއް ނަމަ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ
  • ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ
  • ސަރުކާރުގެ އިދާރާއެއް ނަމަ އިދާރާގެ ނަންބަރު

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 އޭޕްރިލް 2022
ހޯދާ