އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ފިޠުރު ޒަކާތް ނެހުމާބެހޭ

  މި އަހަރު (1443ހ.) މުޅި ރާއްޖެގައި ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާމުކޮށްފައިވާ ރޭޓުތަކުންނެވެ. ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ 02 ރަމަޟާން 1443 ވަނަ ދުވަހުން ފެށިގެން 29 ރަމަޟާން 1443 ވަނަ ދުވަހުގެ 12:30އާއި ހަމައަށެވެ. ނަގުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:30ގެ ނިޔަލަށެވެ. ފިޠުރު ޒަކާތް ކައުންސިލްގެ އެކައުންޓަށް ޓަރާންސްފަރ ކުރާނަމަ މިކައުންސިލްގެ އެކައުންޓް ނަންބަރު 7722700348003 އަށް ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް 9662002 އަށް ވައިބާއިން ފޮނުވަންވާނެއެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ރިމާކްސް ގައި ގޭގެނާމާއި، ބާވަތް އަދި މީހުންގެ ޢަދަދު ޖެއްސެވުން އެދެމެވެ.

        ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރުގެތެރޭގައި ޢާއްމުކޮށް ބަނޑުކެއުމަށް ކައިއުޅުނު ހަނޑުލާއި، ފުށުގެ ބާވަތްތަކުން 2.4 ކިލޯގެ އަގަށްވާ ފައިސާއެވެ.

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނދޫ

12 ރުފިޔާ

2

ތައިލޭންޑް ހުދު ހަނޑޫ

77 ރުފިޔާ

3

ރަތް ހަނޑޫ

72 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

90 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

132 ރުފިޔާ

7

އާދައިގެ ފުއް

12 ރުފިޔާ

8

އާޓާ ފުއް

75 ރުފިޔާ

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

31 މާރިޗު 2022
ހޯދާ