ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯރ ޖިމް ޤާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް. (2 ވަނަ އިޢުލާން)

ހއ.ބާރަށުގައި އައުޓްޑޯރ ޖިމް ޤާއިމުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

               ވީމާ، ކޮންސެޕްޓާއި އެއްގޮތަށް އައުޓްޑޯރ ޖިމްގައި ބަހައްޓަންޖެހޭ ތަކެތި ދިނުމުން އަމިއްލަ ތަކެތީގައި އެތަކެތި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

               ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ނަމްބަރު/އައިޑީކާޑު ނަމްބަރު، ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު،ހިމަނަންޖެހޭނެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

20 އޭޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

21 އޭޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

ބީލަން ބަލައިގަތުމާއި ހުޅުވުން.

28 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

            

               ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

 

               މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރު (IUL)257/257/2022/28 (16 މާރިޗު 2022) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.       

       

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

14 އޭޕްރިލް 2022
ހޯދާ