މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހަކަތަ ސަމަކާރަ ލޭބަލިންގ ޕްރޮގްރާމު (ހަކަތަރި) – ފުރަތަމަ އިސްލާހް

ކަރަންޓު އާލާތްތަކުގައި ހުންނަ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނެ ލޭބަލު ޖެހުމުގެ ޕްރޮގްރާމު، "ހަކަތަރި" ގައި ބައިވެރިވުމަށް ހުޅުވާލުމާއި ގުޅިގެން ލިބިފައިވާ ޚިޔާލުތަކަށް ބެލުމަށްފަހު ހަކަތަރި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އެހެނިހެން ބައެއް ކަންކަމަށް މިހާރުވަނީ ބަދަލު ގެނެސްފައެވެ.

މިބަދަލު ގެނައުމުގެ މަޤްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މި އިޢުލާނާއެކުވާ "Energy Efficiency Labelling Program" ކަރުދާހުގައި ހިމަނާފައިވާނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

13 އޭޕްރިލް 2022
ހޯދާ