ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރުގައި ކެފޭ / ރެސްޓޯރެންޓްގެ ޚިދުމަތް ދިނުމަށް ބިން ކުއްޔަށް ދޫކުރުން

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ޅ. ހިންނަވަރު / ދިވެހިރާއްޖެ.

އިޢުލާން

ޅ. ހިންނަވަރުގައި ކެފޭ / ރެސްޓޯރެންޓްގެ ޚިދުމަތް ދިނުމަށް ބިން ކުއްޔަށް ދޫކުރުން

 

ޅ. ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ގޯތީގެ އިރުދެކުނުން މިހާރު ހުރި ޢިމާރާތާއި ހުސްބިމުން ޖުމްލަ  4,238.99 އަކަފޫޓްގެ ބިން އޮތް ސަރަޙައްދުގައި ކެފޭ/ ރެސްޓޯރެންޓް ގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލެވުނު އިޢުލާން ނަމްބަރ: : 326/326/2022/21(IUL) (11 އޭޕްރީލް 2022) ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  •   އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށުމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރާއި، ގުޅޭނެ ނަމްބަރ) [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ހިންނަވަރު ކައުންސިލަށް ދުރުވެ، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރައްވާ، ރަޖިސްޓްރޭޝަން ފީ ދެއްކެވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެއެވެ.
  • ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • އޮންލައިންކޮށް ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގެ މުއްދަތުގައި ކައުންސިލްގެ އެކައުންޓް ނަމްބަރ: 001 700370 7705 ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް،  [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  • މެއިލް ކުރައްވާއިރު އިޢުލާން ނަމްބަރ، ޕްރޮޖެކްޓް ނަން އަދި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއިއެކު މަޢުލޫމާތު (ވިޔަފާރީގެ ނަން، އީމެއިލް އަދި ގުޅޭނެ ނަންބަރ) އީމެއިލްގައި ހިމެނިފައި ވާންވާނެއެވެ.
  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 24 އޭޕްރީލް 2022 ވާ އާދިއްތަ  ދުވަހު  11:00 ގެ ކުރިން ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.

އަދި މި މުއްދަތުގައި ރަޖިސްޓްރޭޝަން ފައިސާ ދައްކައި ނިންމެވުން އެދެމެވެ.

 

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ނަންނޯޓު ނުކުރާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް، ރަޖިސްޓްރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

13 އޭޕްރިލް 2022
ހޯދާ