މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޭނުމަށް ލ. ގާދޫގެ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތައް ހެދުމަށް ކޮންސަލްޓަންސީ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީއޯއާރް) މިއިޢުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީއޯއާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް (މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.) 
  • ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިޔުންތައް
  • ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 19 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރަންވާނެއެވެ.

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  24 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އެމް.އެފް.އެފް.ސީ ކެޕިޓެލް ޕވޓ ލޓޑ

9A، ހ. އޯކިޑް

އަމީރު އަޙްމަދު މަގު،

ކ.މާލެ، 20095

އީމެއިލް: [email protected]

13 އޭޕްރިލް 2022
ހޯދާ