ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެގްޒެކެޓިވް

މަޤާމު

ކައުންސިލް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން

-

އޮފީސް/އިދާރާ

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

މުސާރަ: 8,835 ރުފިޔާ

ސަރވިސް އެލަވަންސް: 2000  ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 އިންސައްތަ

ސަޕޯޓިން ކޯ އެލަވަންސް: 1100 ރުފިޔާ

އެހެނިހެން އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ           

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް

 

  • އައި.ސީ.ޓީ އާއި ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އައި.ސީ.ޓީ ޕްލޭނުގެ މަސައްކަތް ހިންގައި ބެލެހެއްޓުން
  • އައި.ސީ.ޓީ ސެކްޝަނުންކުރާ މަސައްކަތްތަކުގައި، ފަންނީގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި އެކަންތައްތައް މަގުފަހިކޮށްދީ އެކަންތައްތައް ކުރުވުން.
  • ކައުންސިލް އިދާރާގެ ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން އައި.ސީ.ޓީއާ ގުޅޭ ގޮތުން ހޯދަންޖެހޭ ހޯދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތް.
  • ކައުންސިލް އިދާރާގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަރާބަރަށް ގެނެސް، އަބަދުވެސް އާންމުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެގޮތަށް ވެބްސައިޓް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ވިއުގަ ބެލެހެއްޓުމާއި، ޒަމާނާ އެއްގޮތަށް އެ ވިއުގަ ތަރައްޤީކޮށް ބެލެހެއްޓުން.
  • އައި.ސީ.ޓީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައްރޭވުމާއި، ރާވާ ގޮތުގެމަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުން
  • ޖެމްސް ގެ ޚިދުމަތަށް ދިމާވާ ދަތިތައް ހައްލުކުރުމާއި ޖެމްސްގެ އެޑްމިނިސްޓްރޭޓަރ އެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ކައުންސިލުން ބޭނުން ކުރާ އެޗްއާރު ސިސްޓަމާއި އެހެނިހެން ޕޯޓަލްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމާއި އެޑްމިނިސްޓްރޭޓަރ އެއްގެ ގޮތުގައި ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކައުންސިލް އިދާރާގެ އެކި ޑިޕާޓްމަންޓްމަންޓުތަކުގައި ގާއިމްކުރެވިފައިވާ އެކިއެކި އައިޓީއާއި ގުޅުންހުރި ޕްރޮގްރާމަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަސް މިނެއްގައި ހައްލުކުރުމާއި އަޕްޑޭޓްކުރުން ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ނިޒާމް ގާއިމްކުރުން.
  • ސެކްޝަނުގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތް ބަލައި އިޞްލާޙުކުރަންޖެހޭ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  •  ސެކްޝަން އިސްވެރިއެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތައުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)  
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

    7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

8         . ޕޮލިސް ރިޕޯޓުގެ އަސްލު

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  •  އިންޓަރވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އެޕްރީލް 2022 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (  ([email protected] މެއިލް އެޑްރެސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތާރީޚް

 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ،21 އެޕްރީލް 2022 އާއި 05 މޭ 2022 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6862835 ،ފެކްސް: 6862831

އީމެއިލް: [email protected]  

13 އޭޕްރިލް 2022
ހޯދާ