މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މި ކޯޓުގެ އިއުލާން ނަންބަރު H12C-A/2022/2  އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޭޕްރީލް 18 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 އޭޕްރީލް 20 ވާ ބުދަ ދުވަހުގެ 12:00 އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން 2022 އޭޕްރީލް 24 ވާ އާދިއްތަ ދުވަހުގެ 12:00އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ޝީޓް، ކުރެހުން އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޭޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.

12 އޭޕްރިލް 2022
ހޯދާ