މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް އިންޓީރިއާ ޑިސައިނިންގ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންޓީރިއާ ޑިސައިނިންގ ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތާއި ގުޅޭ ޓީޢޯއާރ މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 19 އެޕްރިލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެކުރިން[email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 އެޕްރިލް 2022 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

12 އޭޕްރިލް 2022
ހޯދާ