ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ އާއި ގުޅޭ

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ އާއި ގުޅޭ

 

12 ޖަނަވަރީ 2022 (ބުދަ) ދުވަހު ބޭއްވުނު ފުވައްމުލަކު ސިޓީ ކައުންސިލްގެ 33 ވަނަ އާންމު ޖަލާސާއިން ވަނީ  01 އެޕްރީލް 2022 އިން ފެށިގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވަހަކަށް 500 ޑޮލަރު ނެގުމަށް ނިންމާފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ މިނިންމެވުމަށް 11 އެޕްރީލް 2022 ވަނަ ދުވަހު ބޭއްވުނު ފުވައްމުލަކު ސިޓީ ކައުންސިލްގެ 2022 ވަނަ އަހަރުގެ 05 ވަނަ ކުއްލި ޖަލްސާއިން ވަނީ ތިރީގައި މިދަންނަވާގޮތަށް ބަދަލުގެންނަވާފައެވެ.

" ބަނދަރަށް ވަންނަ ސަފާރީތަކުގެ ތެރެއިން 100 ފޫޓަށްފުރެ ކުރު ސަފާރީތަކުން ދުވާލަކަށް (24 ގަޑިއިރަށް) 150 ޑޮލަރުގެ ފީއެއް ނެގުމަށާއި، 100 ފޫޓަށްވުރެ ދިގު ސަފާރީތަކުން ދުވާލަކަށް (24 ގަޑިއިރަށް) 200 ޑޮލަރުގެ ފީ އެއް ނަގާގޮތަށް ޖަލްސާގެ އަޣުލަބިއްޔަތުން ވަނީ ނިންމަވާފައެވެ. އަދި ހަމައެއާއެކު، 21 އެޕްރީލް 2022 އިން ފެށިގެން މި ނިންމުމަށް ޢަމަލުކުރުމަށްވެސް ޖަލްސާގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ."

 

އެހެންކަމުން 21 އެޕްރީލް 2022 އާއި ހަމައަށް ސަފާރީތަކުން ކުލިނެގެމުންދާނީ މި އިދާރާގެ ނަންބަރ (IUL)468-CMCR/468/2022/80  އިޢުލާނުގައިވާ ފަދައިންނެވެ. އަދި 21 އެޕްރީލް 2022 ވަނަ ދުވަހުން ފެށިގެން ސަފާރީތަކުން ފީ ނެގޭނީ 11 އެޕްރީލް 2022ވަނަ ދުވަހު ކައުންސިލުން ނިންމަވާފައިވާ ފަދައިން 100 ފޫޓަށްފުރެ ކުރު ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު، 100 ފޫޓަށްވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރުކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

11 ރަމަޟާން1443    

12 އެޕްރީލް  2022

12 އޭޕްރިލް 2022
ހޯދާ