ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން ކައުންސިލް އެސިސްޓެންޓެއް ހޯދުން

ވޭޖް އެންޕޮލޮއިމަންޓްގެ ދަށުން ކައުންސިލް އެސިސްޓެންޓެއް ހޯދުން.

               މިއިދާރާއިން ބަލަހައްޓަމުންގެންދާ މަސްޖިދުލް އީސާރި މިސްކިތައް ވޭޖު އެންޕްލޮއިމަންޓްގެ ދަށުން މިސްކިތު ޕޫލްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ކައުންސިލް އެސިސްޓެންޓެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.

މަޤާމް: ކައުންސިލް އެސިސްޓެންޓް (މަސައްކަތު)

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުއްދަތު: 1 އަހަރު ދުވަސް

މުސާރަ: ޝަރުތު ހަމަވާ މަސައްކަތު މީހުންނަން ގަޑިއަކަށް -/45ރުފިޔާ

ޔުނިޓް: މުނިސިޕަލް ސާރވިސް

 

މަޤާމްގެ ޝަރުތު: 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު
  2. ގްރޭޑް 5 ނިންމާފައިވުން ނުވަތަ ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން.
  3. ޢުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައިނުވުން. 
  4. ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތައް ޙާޟިރުވެ މިސްކިތާއި ފާޚާނާއާއި އިސްކޫރުބަރި ސަރަޙައްދު ސާފުކުރުން.
  2. ކޮންމެ ދުވަހަކު ހެނދުނު މިސްކިތް އެތެރެއާއި ގޯތިތެރެއާއި ގޯތިބޭރު މަގުތައް ކުނިކަހާ ސާފުކުރުން.
  3. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ލައިޓްތައް ދިއްލުމާއި ފަންކާތައް ޖެއްސުން.
  4. ކޮންމެ ނަމާދެއްގެ 15 މިނެޓް ފަހުން މިސްކިތުގެ ލައިޓްތަކާއި ފަންކާތައް ނިއްވައި ދޮރުތައް ލެއްޕުން.
  5. މިސްކިތުގެ މަގުފާރުތަކާއި ވޯރކްވޭބައިވެސް ދޮވެ ސާފުކުރުން.
  6. މިސްކިތުގެ ފުރާޅު އަދި ދިޔަދޮވިތައް ހަޑިވިޔަ ނުދީ މަހަކު 1 ފަހަރު ސާފުކުރުން.
  7. މިސްކިތުގެ ބަގީޗާ ބަލަހައްޓައި ކޮންމެ ދުވަހަކު 2 ފަހަރު ފެންދިނުމާއި ބަގީޗާ އާލާކުރުން.
  8. ކަށުކަމާއި ކެމީގެ ކަންކަން ނިމެންދެން އެހީތެރިކަން ފޯރުކޮށްދިނުން.
  9. މިސްކިތުގައި ކުރަން ހުންނަ ކުދިކުދި މަރާމާތުގެ މަސައްކަތްކުރުން.

 

ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 

ނޯޓް:

# ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ.

# އިންޓަރވިއުއަށް ހާޒިރުވާނީ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިފައިގެންނެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 # މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމް ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.  

 # އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު:

# ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

# ފޯމު  ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.

# އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ 9393603 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

12 އޭޕްރިލް 2022
ހޯދާ