މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެ ބާކީ ކުނި އުކާލާނެ ފަރާތެއް ހޯދުން

އިޢުލާން

ބަދިގެބާކީކުނި އުކާލާނެ ފަރާތެއް ހޯދުން

ކައުންސިލްގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ކުނިއުކާލުމުގެ ޚިދުމަތުންނެގޭ ބަދިގެބާކީކުނި (ކުނިވާޒާތުގެ ކުނި) އުކާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 އޭޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

17 އޭޕްރީލް 2022

އާދީއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

20 އޭޕްރީލް 2022

ބުދަ

11:00

ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މަސައްކަތުގެ ތަޖުރިބާއަށް: %20 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.                              

10 އޭޕްރިލް 2022
ހޯދާ