އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑެންޓަލް އެސިސްޓެންޓް

މަޤާމް :ޑެންޓަލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިއުލާން

 

     މި ހޮސްޕިޓަލުގެ ޑެންޓަލް އެސިސްޓެންޓް ގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޑެންޓަލް އެސިސްޓެންޓް

 

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

 

 

 

ކްލިނިކަލް ޑިޕާޓްމަންޓް، ޑެންޓަލް  ސެކްޝަން / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

 

 

މުސާރަ:

ސަރވިސް އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:

މިނިމަމްވޭޖް އެލަވަންސް:

ރިސްކް އެލަވަންސް:

 

މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު : -/4465 ރުފިޔާ

މަހަކު: -/1500 ރުފިޔާ

މަހަކު: -/700ރުފިޔާ

މަހަކު:-/1100 ރުފިޔާ

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

 

6 މަސް ދުވަސް

ދުވާލަކު މަދުވެގެން 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި  ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.)

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  • ބަލިމީހުން ބައްލަވާ ފަރުވާދެއްވަން ތިއްބަވާ ޑެންޓަލްސާރޖަންސް، ޑެންޓަލް ސްޕެޝަލިސްޓުންނާއި ހައިޖީނިސްޓުން އަދި ޓެކްނީޝަނުން ކުރައްވާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  • ޑެންޓަލް ޑިޕާރޓްމަންޓުގައި ބޭނުންކުރާ އިންސްޓްރޫމަންޓްތައް ދޮވެސާފްކުރުމާއި، ސްޓެރަލައިޒްކުރުމާއި އޮޓޯކްލޭވްކުރުން.
  • ޑެންޓަލް ޗެއަރ އަދި ސަކްޝަން ޔުނިޓް އެޓެންޑެންޓުންގެ އެހީއާއިއެކު ސާފުކޮށް، ބެލެހެއްޓުން.
  • ޑެންޓަލް އެކްސްރޭ ސާފުކުރުމާއި، އެކްސްރޭ ޑިވެލޮޕަރ ޤަވާއިދުން މެއިންޓެއިންކުރުން.
  • ޑިޕާރޓްމަންޓުން ހަމަޖައްސަވާ އުސޫލެއްގެ މަތިން ޤަވާއިދުން ޑެންޓަލް އިންސްޓްރޫމަންޓްތަކާއި އިކްއިޕްމަންޓްތައް (ޑެންޓަލް ޗެއަރ، ސެކްޝަން ޔުނިޓް، އެކްސްރޭ ޑިވެލޮޕަރ، ހޭންޑްޕީސް، އިލެކްޓްރޯ ސާރޖިކަލް ޔުނިޓް، ސްކޭލިންގ މެޝިންފަދަތަކެތި) މެއިންޓެއިންކުރުން
  • މެއިން ސްޓޯރުން ޑެންޓަލްއަށް ތަކެތި ނެގުމާއި ގެނައުމުގައި އެހީވުން.
  • އިމަރޖެންސީ ކޯލްތަކަށާއި ޚާއްޞަ ކްލިނިކްތައް އޮންނަ ދުވަސްތަކުގައި ( އިތުރު ޑިއުޓީ ކުރަންޖެހިއްޖެ ހާލަތުގައި ) ޑިޕާޓްމަންޓުން ކަނޑައަޅާ ގަޑިތަކުގައި ނިކުމެ ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވުން
  • ޑޮކްޓަރ – ޕޭޝަންޓް ރިލޭޝަންޝިޕް" އާއި ޕޭޝަންޓް ކޮންފިޑެންޝަލިޓީއަށް އިޙްތިރާމްކުރުން.
  • ޑިއުޓީ ގަޑީގައި ތަނުގެ ވެރިއެއްގެ ހުއްދަ ނެތި ތަނުން ބޭރަށް ނުދިއުން. އަދި ޑިއުޓީއަށް ލެވިފައިވާ ކޮޓަރިއަށް އެޑިއުޓީގައި އަންނަ ހުރިހާ ފޯން ކޯލްތަކަށް ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ވުން.
  • މާލެ އާއި ރާއްޖެ ތެރޭގައި ހިންގާ ޑެންޓަލް ކޭމްޕް ތަކުގައި ބައިވެރިވުން.

 

 

މަޤާމުގެ ޝަރުތުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

   

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 18 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  3. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
  4. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  6. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް  (އެޓެސްޓްކޮށްފައިވާ)
  7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

        11 ރަމަޟާން 1443

         12 އޭޕްރީލް 2022

12 އޭޕްރިލް 2022
ހޯދާ