ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ޢަރަބި ޓީޗަރު ހުންނާނެ 02 ކޮޓަރީގެ އެޕަރޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

2022 ވަނަ އަހަރު މި ސްކޫލުގެ އަރަބި ޓީޗަރު ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް 

ބީލަން ހުށަހެޅުމުގެ ދައުވަތު

         2022 ވަނަ އަހަރު މި ސްކޫލްގެ އަރަބި ޓީޗަރު ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރުގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕަރޓްމަންޓަކަށް ވާން ވާނެއެވެ.

         ވީމާ، ގެއެއް ނުވަތަ އެޕަރޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2022 އިން 21 އެޕްރީލް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މި ސްކޫލަށް ވަޑައިގެން  ނުވަތަ ގގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެއެވެ.

  • މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 24 އެޕްރީލް 2022 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފުނުވުން އެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން ޕްރީބިޑް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 24 އެޕްރީލް 2022  ވާ އާދީއްތަ ދުވަހު 13:00 ގައި މި ސްކޫލް އިދާރީ އޮފީހުގައިއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުވެވިދާނެއެވެ.
  • މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ނަން ނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ބޮޑުމަގު، ލ.ގަން،މަތިމަރަދޫ/ ދިވެހިރާއްޖެ

ފޯން: 6800012

އި-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

12 އެޕްރީލް 2022

12 އޭޕްރިލް 2022
ހޯދާ