ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ކައުންސިލް އިދާރާގައި 2 ކޮޓަރި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ގއ.ގެމަނަފުށި ކައުންސިލް އިދާރާގައި 2 ކޮޓަރި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން.

         ގއ.ގެމަނަފުށި ކައުންސިލް އިދާރާގައި 2 ކޮޓަރި އިމާރާތް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 19 އޭޕްރިލް 2022 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9991743 އަށް ގުޅުއްވުން އެދެމެވެ. އަގު ހުށަހެޅުމަށް ބޭނުންވާނެ ބީއޯކިއު، ކުރެހުންތައް އަދި މަޢުލޫމާތު ޝީޓު މި އިޢުލާނާއި އެކު ގެޒެޓުން ލިބިވަޑައިގަންނަވާނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 20 އޭޕްރިލް 2022 ގެ 13:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޭޕްރިލް 2022
ހޯދާ