ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޖޫނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން

މަސައްކަތުގެ ބާވަތް:

- މައްސަލައެއް ހުށައެޅުމުން ނުވަތަ ފާހަޤަވުމަށްފަހު މައްސަލަ ހިނގައިދިޔަ ތަނަށް ގޮސް، އިންވެސްޓިގޭޓް ކުރަންޖެހިއްޖެ ހާލަތުގައި އެމަސައްކަތް ކުރުން.

- އިންވެސްޓިގޭޝަންތަކާއި ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

- ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މަސައްކަތުގައި އެހީތެރިވުން.

- އިންވެސްޓިގޭޝަން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

މަހު މުސާރަ:

10،000ރ އާއި 11،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 14 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

11 އޭޕްރިލް 2022
ހޯދާ