ދިވެހިރާއްޖެ
ނަންބަރ: 242/242/2022/7(IUL)
އިއުލާން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހަމަސްދުވަހަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމަށް
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހަމަސްދުވަހަށް ބޭނުންވާ ސްޓޭޝަނަރީ ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 11/04/2022 އިން 18/04/2022 ފެށިގެން މި ކައުންސިލްގެ ކައުންޓަރުން އަދި ތިރީގައިމިވާ ލިންކްއިން ލިބިވަޑައި ގަންނަވާނެނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
https://drive.google.com/file/d/1ApBFjPnL-Ao7pKZkqzhehiaWYJd7EqYp/view?usp=sharing
މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށް 14/04/2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރެވޭ ހުރިހާ ސުވާލުތަކަށް 17/04/2022 ގެ ކުރިން ޖަވާބުދެވޭނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 20/04/2022 ދުވަހުގެ 11:00 ގައި ގދ.އަތޮޅު ކައުންސިލް އިދާރާގެ މީޓިންގރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
11 އެޕްރީލް 2022