ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ފުޓްސަލް ދަނޑުގެ ބައެއް މަރާމާތު ކުރަން ބޭނުންވެއްޖެ.

ކުރެންދޫ ފުޓްސަލް ދަނޑުގައިގައި ހުރި ލައިޓްތައް ބަދަލުކޮށް، 03 ބެންޗް ހަދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

       ޕްރީ ބިޑް މީޓިންގ އޮންނާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. އެމަސައްކަތް ކޮށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުން އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ.

       ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 26 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން  ނުވަތަ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

       ބީލަން ހުށަހެޅުން އޮންނާނީ 11 މެއި 2022 ވާ ބުދަ ދުވަހުގެ 13:30 ގައި މިއިދާރާ ގައެވެ. ޕްރީ ބިޑް މީޓިންގގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ. 

06 އޭޕްރިލް 2022
ހޯދާ