ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާބައިދޫގައި ފުލުހުން ބޭތިއްބުމަށް އިމާރާތެއް ހޯދުން

    މާބައިދޫގައި ފުލުހުން ބޭތިއްބުމަށް ބޭނުންވާ ޢިމާރާތް މަހު ކުއްޔަށް ދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

    ވީމާ، މިކަމަށް ޝައުގްވެރިވެ ލައްވާ ފަރާތްތަކުން މަހު ކުއްޔަށް ދެވޭނެ އަގު ބަޔާންކުރަށްވާ 18 އޭޕްރީލް 2022 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށައެޅުއްވުމަށް ދެންނެވީމެއެވެ. އަންދާސީ ހިސާބުގައި އަގު ބަޔާންކުރަންވާނީ މަސްދުވަހަކަށް ޖެހޭ އަގުންނެއެވެ.

    މިކަމަށް ޝައުޤުވެރިވެ އަންދާސީހިސާބު ހުށައެޅުއްވުމަށް އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން 13 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:00 އަށް މާބައިދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ހޯދެއްވުން އެދެމެވެ.

    މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެއެވެ.

    09 ރަމަޟާން 1443

    10 އޭޕްރީލް 2022                 

10 އޭޕްރިލް 2022
ހޯދާ