ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ދ. ކުޑަހުވަދޫގައި ބައިވެރި ވުމާއި ބެހޭ:

 

ނަންބަރ: IUL)NSA-VAM/NSA-VAM/2022/9)

އިޢުލާން

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ދ. ކުޑަހުވަދޫގައި ބައިވެރި ވުމާއި ބެހޭ:

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ދ. އަތޮޅު ކައުންސިލް އަދި ދ. އަތޮޅު ކުޑަހުވަދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދެންނެވިފައިވާ މުބާރާތުގައި ބައިވެރިވުމަށް ދ. އަތޮޅު ރަށުކައުންސިލްތަކުން އެންޑޯޒްކުރެވިފައިވާ ކުލަބު އަދި ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މި މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔަންކުރެވިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

ބާރާތް  ބޭއްވޭނެ ތާރީޚް:

2022 މެއި 5 އިން ފެށިގެން

މުބާރާތް ހޯސްޓުކުރާރަށް:

ދ. ކުޑަހުވަދޫ

މުބާރާތް ކުޅެވޭ ޑިވިޜަން:

ފިރިހެން އަދި އަންހެން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ދ. އަތޮޅުގެ ރަށު ކައުންސިލަކުން އެންޑޯސްކުރެވިފައިވާ ކްލަބް އަދި ޖަމްޢިއްޔާތައް

މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2022 އެޕްރީލް 17 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2022 އެޕްރީލް 24 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން

މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]

މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން

އިތުރު މަޢުލޫމާތު:

ޓެކްނިކަލް ސަޕޯރޓް: 9427277

އަތޮޅު ކައުންސިލްގެ ފަރާތުން : 7926707

ހޯސްޓް ކުރާ ރަށުގެ ފަރާތުން : 9778171

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެ

10 އޭޕްރިލް 2022
ހޯދާ