ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިންތައް ދޫކުރުމާއި ގުޅޭ

މި އިޢުލާންވަނީ 12 އޭޕްރިލް 2022 11:52 ގައި ބާތިލް ކުރެވިފައެވެ.


މިކައުންސިލްގެ ބެލުމުގެދަށުގައިހުރި ބިންތަކުގެ ތެރެއިން އިޖްތިމާއީ ސަރަޙައްދުތަކުގައިވާ ހުސް ބިންތައް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. މިގޮތުން 03 ބިމެއް ބީލަން އުޞޫލުން ދޫކުރުމަށް މިކައުންސިލުން ވަނީ ނިއްމާފައެވެ. މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ބިން ކުއްޔަށް ލިބުމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދޫކުރާ ބިންތަކުގެ އަދަދާއި ދޫކުރާ ބިމުގެ އަކަފޫޓް ތިރީގައި އެވަނީއެވެ. މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ކޮޅުމަޑުލު ބުރުނީ އިޖްތިމާޢީ ސަރަޙައްދުތަކުގައިވާ ހުސްބިންތައް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމުގެ އުސޫލް"ގެ ދަށުންނެވެ.

#

ދޫކުރާ ބިމުގެ ތަފްޞީލް

އަކަފޫޓް

ދޫކުރާ ބިމުގެ އަދަދު

1

ބީޗްރޯޑް2 މަގުގެ ދެކުން މަސްޖިދު ބުރުނި މިސްކިތުގެ ހުޅަނގުން އޮތް ހުސްބިން   

2800.00 އަކަފޫޓް

1 ބިން

2

ބީޗްރޯޑް1 މަގުގެ ދެކުން ޖަރީމަގުގެ އިރުން އޮތް ހުސްބިން   

3000.00 އަކަފޫޓް

1 ބިން

3

ގެސްޓްހައުސް ކުރިމަތީގައިވާބިންތައް

2100.00 އަކަފޫޓް

1 ބިން

 

                  ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ބީލަން ހުށަހެޅުންވުން އެދެމެވެ. " ބީލަން ހުށަހަޅާ ފޯމް " މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ސާފްކުރުން: 

                  ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2022 އޭޕްރީލް 19 ވާ ( އަންގާރަ ) ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުށަހެޅުން:

                  ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗު 24 ވާ ( އާދިއްތަ ) ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުންނާނެކަމާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައި ނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

10 އޭޕްރިލް 2022
ހޯދާ