މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ޗާރޕް މެޝިނެއް ގަތުމަށް ބޭނުންވެއްޖެ

1-      މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ޗާރޕް މެޝިނެއް ހޯއްދަވައި ދެއްވުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 

2-      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 އޭޕްރީލް 10 އިން 2022 އޭޕްރިލް  17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

3-      މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4-       މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 19 އޭޕްރިލް2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30ގައި މިލަންދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ

5-       ބީލަން ހުޅުވުން އޮންނާނީ 2022 އޭޕްރިލް 25 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.

6-      މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާތްތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

7-      ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

8-      ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

*  މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް ، ގުޅޭނެ މޯބައިލް ނަންބަރު

9-      - މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

10-   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

 

މިލަންދޫ ސްކޫލު

   ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

      ފޯން : 7577978/7747677

މެއިލް އެޑްރެސް: [email protected]

 

10 އޭޕްރިލް 2022
ހޯދާ