އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ކަލެކްޓިން ޕިޓް ބަހައްޓާނެ ތަންތަން ފާހަގަކުރުމާބެހޭ

ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ނަރުދަމާގެ ހައުސް ކަނެކްޝަންއަށް އެދިލައްވާފައިވާ ގެތަކުން، އެ ގެތަކުގެ ކަލެކްޓިން ޕިޓް (ނަރުދަމާގެ ހިދުމަތް ގެއިންގުޅާ ޖަންކްޝަން) ގޯތީގައި ބަހައްޓާނެ ތަން ފާހަގަކޮށްފައި ބަހައްޓަވައިދެއްވުން އެދެމެވެ. އަދި މީގެ އިތުރުން ކޮންމެ ގެ އަކަށް ކަރަންޓް ކޭބަލާއި އިންޓަނެޓް ކޭބަލާއި އަދި ޓީވީ ކޭބަލް ވައްދާފައިވާ ދިމާތައްވެސް ފާހަގަކޮށްފައި ބަހައްޓަވައިދެއްވުންއެދެމެވެ.

      ނަރުދަމާ ކަލެކްޓިން ޕިޓް ގޯތީ ތެރޭގައި ބަހައްޓައި ދެވޭނީ އިން ފާރުންފެށިގެން 1 މީޓަރަށްވުރެ އެތެރެ ނުވާ މިނެއްގައެވެ. އަދި ގޯތިން ބޭރު މަގުމަތީގައި މި ޕިޓް ބަހައްޓައި ދިނުމަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

08 އޭޕްރިލް 2022
ހޯދާ