ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މުރައިދޫ މަސްޖިދުލް އިޚާއިގެ މަރާމާތު މަސައްކަތް ކުރުން

އިޢުލާން 

ހއ. މުރައިދޫ މަސްޖިދުލް އިޚާއިގެ މަރާމާތު މަސައްކަތް ކުރުން

މި އިދާރާގެ ނަމްބަރު (IUL)256/2022/27 (27 މާރިޗު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތާކުން މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެފައި ނުވާތީ، ހއ. މުރައިދޫ މަސްޖިދުލް އިޚާއިގެ މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

   

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. 

 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.  

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:

14 އޭޕްރިލް 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ފޮތް ދޫކުރުން:

14 އޭޕްރިލް 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

17 އޭޕްރިލް 2022 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގައި

ބީލަން ބަލައިގަތުން :

21 އޭޕްރިލް 2022 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް

ބީލަންތައް ހުޅުވުން :

21 އޭޕްރިލް 2022 ވަނަ ދުވަހުގެ 11:05 ގައި މި އިދާރާގައި

 

 

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ތައްޔާރުކުރާނެ ގޮތުގެ އިރުޝާދުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

                  06 ރަމަޟާން 1443

                  07 އޭޕްރިލް  2022


 

07 އޭޕްރިލް 2022
ހޯދާ