މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް އެންވަޔަރަމެންޓަލް އެންޑް ސޯޝަލް ސޭފްގާރޑް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އެންވަޔަރަމެންޓަލް އެންޑް ސޯޝަލް ސޭފްގާރޑް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2022/37 ގެ ޓާރމްސް އޮފް ރެފެރެންސް އަށް ބަދަލުތަކެއް ގެންނަން ޖެހެމުގެ ސަބަބުން އިސްލާހު ކުރެވިފައިވާ ޓާރމްސް އޮފް ރެފެރެންސް އާއި އެކު މި މަސައްކަތަށް ކުރިން ކުރެވުނު އިއުލާނަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް  ފުރުސަތު ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 އެޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 އެޕްރިލް 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

07 އޭޕްރިލް 2022
ހޯދާ