މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ކިނޮޅަހުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު 2022 އަށް އާންމުންގެ ޚިޔާލުހޯދުން

"ރ.ކިނޮޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2022" އަށް ޢާންމުންގެ ޚިޔާލުހޯދުމަށް ފުރުޞަތު ހުޅުވާލުން

               

                      މާޅޮސްމަޑުލުއުތުރުބުރީ ކިނޮޅަހު  ކައުންސިލްގެ 2022 ވަނައަހަރުގެ 4 ވަނަ ދައުރުގެ 42 ވަނަ  އާއްމު ޖަލްސާގައި ރ.ކިނޮޅަހުގެ ބިމުން ދޫކުރުމަށް ފާސްކޮށްފައިވާ 2000 އަކަފޫޓުގެ 14 ގޯތި އަދި 3000 އަކަފޫޓްގެ 1 ގޯތީގެ ބިން ދޫކުރުމަށް ހެދިފައިވާ އުސޫލަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަމެވެ.

                     ވީމާ، މި އުސޫލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 2022 އޭޕްރީލް 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް   [email protected] އަށް ނުވަތަ ކައުންސިލް އިދާރާއަށް ލިޔުމުން ފޮނުވައިދެއްވުން އެދެމެވެ.

އަދި އުސޫލްގެ ޕީޑީއެފް ފައިލް އެވަނީ އެޓޭޗްކުރެވިފައެވެ.

07 އޭޕްރިލް 2022
ހޯދާ