ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އިއުލާނު

 

 

          

 

 

މަޤާމު:

 ކޮންސަލްޓަންޓް  (ބަސް ކޮމެޓީ)

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ވަގުތީ (02 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ދިވެހިބަހުގެ އެކެޑަމީ، ކ.މާލެ

މުސާރަ:

 -/250 ރުފިޔާ (މަސައްކަތް ކުރާ ގަޑިއިރަކަށް)

އެހެނިހެން އެލަވަންސް:

  1. ރަމަޟާން އެލަވަންސްގެ ގޮތުގައި ކޮންމެ ރަމަޟާން މަހަކު 3000/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިބަހުގެ ބަސްފޮތް މުރާޖާކުރުން
  2. ދިވެހިބަހުގެ ބަސްފޮތުގައި ހިމެނިފައިވާ ލަފުޒުތައް ބަސްފޮތުގައި ހިމެނިފައިހުރީ އެ ލަފުޒެއް ހިމެނެން ވާ މައިގަނޑު ގިންތީގެ ދަށުގައިތޯ ކަށަވަރުކުރުން. މައިގަނޑު ގިންތި ރަނގަޅު ނޫންކަމަށް ފާހަގަކުރެވޭނަމަ އެކަން ބަސް ކޮމެޓީއަށް ހުށަހަޅައި، އިސްލާހްކުރުވުން.
  3. ބަސްފޮތުގައި ހުރި ލަފުޒުތަކުގެ މާނަތައް ހުރީ ރަނގަޅަށްތޯ ކަށަވަރުކުރުން. މިގޮތުން މާނަތައް ކަށަވަރުކުރަމުން ގެންދާއިރު، އެއްވެސް މާނައަކާމެދު ޝައްކެއް އުފެދޭނަމަ އެ މާނައެއް ބަސް ކޮމިޓީއަށް ހުށަހަޅައި، އިސްލާހުކުރުވުން.
  4. ބަސް ކޮމެޓީގެ މަސައްކަތްތައް ރާވާ، އިންތިޒާމުކޮށް، ބަސް ކޮމެޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ކޮމެޓީގެ މަސައްކަތަށް ބޭނުންވާ ޢިލްމީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތައް ކުރުން.
  5. ބަސްދާރުގެ ހުރިހާ މަސައްކަތެއް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ބެލެހެއްޓުން. އަދި ބަސްދާރު މެދުވެރިކޮށް ހަދަންޖެހޭ ބަސްފޮތް ހެދުމާއި އެހެނިހެން ތަކެތި ޝާއިޢުކުރަމުން ގެންދިއުން.
  6. ބަސްކޮމެޓީގެ ހުރިހާ ނިންމުންތައް ކަރުދާސްކުރުމާއި، ކޮމެޓީން ނިންމާ ލަފުޒުތައް ބަސްފޮތުގައި ހިމެނުމަށާއި، ބަސްދާރުން ފެންނާނެ ގޮތް ހެދުމަށާއި، އިޖުތިމާޢީ ވިއުގަތަކުގައި ހިއްސާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އައި.ޓީ ޑިޕާޓްމަންޓާ ގުޅިގެން ކުރުން.
  7. ބަސް ކާޑާއި ބަސް ތޫރަ ނެރުމުގެ މަސައްކަތްތައް ކުރުވުމާއި، މިތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  8. މުޖުތަމަޢުގެ ތެރޭގައި އަލަށް އުފެދޭ ލަފުޒުތައް ދެނެގަނެ، ހޯދާ، އެ ލަފުޒުތައް ބޭނުންކުރެވޭ އާއްމު މާނައާއެކު، ބަސް ކޮމެޓީއަށް ހުށަހެޅުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިބަހާއި ބަހުގެ ޢިލްމާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދަކާއި ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  2. ދިވެހިބަހުގެ ގަވާއިދުގެ ބައިތަކަށް އަހުލުވެރިވެ، ދިވެހިބަހުގެ ގަވާއިދުގެ ބައިތައް ދިރާސާކޮށްފައި ވުން.

 

 މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ދިވެހިބަހާއި ބަހުގެ ޢިލްމު

 

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ދިވެހިބަހުގެ ދާއިރާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހައިފައިވާ، މަތީ ތަޢުލީމުދޭ   ރާއްޖޭން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ:   ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް   (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން   ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން   ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް   ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ   ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު   8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  •  އަސާސީ ޝަރުޠު ހަމަވުން   30
  •  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު    5
  •  އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ   5
  •  ޕްރެޒެންޓޭޝަން     20
  •  އިންޓަރވިއު       40

 ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމްލަ 60   އިން  ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން،   ދިވެހިބަހުގެ އެކެޑަމީ (ހ.ސޯސަންގެ، ސޯސަންމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-   މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ   ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،17 އެޕްރީލް 2022 އާއި، 28 އެޕްރީލް  2022 އާ   ދެމެދު، ދިވެހިބަހުގެ އެކެޑަމީ (ހ.ސޯސަންގެ، ސޯސަންމަގު/ މާލެ) އަށެވެ. 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު   ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާ މެދު ޝަކުވާއެއް އޮތް ނަމަ   A2  ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި   އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7986230 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

07 އޭޕްރިލް 2022
ހޯދާ