ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް ފެށުމާއި ގުޅޭ

ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް ފެށުމާއި ގުޅޭ

                  ހޯރަފުށީ ކައުންސިލުން ދިނުމަށް ނިންމާފައިވާ އެއްގަމު އުޅަނދު ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް 2022 އޭޕްރީލް 10 ވާ އާދިއްތަ ދުވަހުން ފެށިގެންދޭނެއެވެ. ވީމާ، މިޙިދުމަތް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ޙިދުމަތަށް އެދި ފޯމް ހުށަހެޅުންވުން އެދެމެވެ.

  1. ލައިސެންސް ކާރޑުގެ ޙިދުމަތް ދިނުމަށް މުޅިން އަލަށް ހޯއްދަވާ ފަރާތްތަކަށާއި އަދި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް، އެޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ  ކޮންމެ ހަފްތާއަކު 10 (ދިހައެއް) ފަރާތަކަށެވެ.
  2. ލައިސެންސް ކާރޑުގެ ޙިދުމަތަށް މުޅިން އަލަށް އެދޭ ފަރާތްތަކުގެ ފޯމްތަކާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތަށް އެދޭ ފަރާތްތަކުގެ ފޯމްތަށް ބައިލައިގަތުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ 10:00 ން 12:00 އަށެވެ. މުޅިން އަލަށް އެދޭ ފަރާތްތަކުގެ ފޯމްތަކާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތަށް އެދޭ ފަރާތްތަކުގެ ފޯމްތަށް ބަލައިގަތުން ހަމަޖެހިފައިވަނީ ކިޔު ތަރުތީބުން، އެންމެ ފުރަތަމަ ފޯމްހުށަހަޅާ 10 ފޯމެވެ. އާދިއްތަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއްނަމަ ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ބުނެވިދިޔަ އުސޫލުން، ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
  3. މުޅިން އަލަށް ލައިސެންސް ކާރޑުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަށް ފިޔަވާ ލައިސެންސް ކާރޑުގެ އެހެނިހެން ޙިދުމަތް ހޯއްދަވަން ބޭނުންފުޅުގެ ލައްވާ ފަރާތްތަކުގެ ފޯމް ބައިލައިގަތުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ 12:00 ން 13:00 އަށެވެ. އާދިއްތަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހެއްނަމަ ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ބުނެވިދިޔަ އުސޫލުން، ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
  4. ލައިސެންސް ކާރޑަށް އެދޭ ފޯމް ހޯރަފުށީ ކައުންސިލްގެ ކައުންޓަރުން ލިބެންހުނާނަވެ.
  5. ލައިސެންސް ކާރޑުގެ ޙިމަތަށް އެދޭ ފަރާތްތަކުގެ ފޯމްގައި ބޭނުންވާ މަޢުލޫމާތު ފުރިހަމަކޮށްފައި ނުވާނަމަ އަދި ފޯމާއެއު ހުށަހަޅަންޖެހޭ އިތުރު ލިއުންތައް މަދުނަމަ ފޯމް ބަލައި ނުގަނެވޭނެވެ.                          

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޭޕްރިލް 2022
ހޯދާ