މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހުކުރު މިސްކިތުގެ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ހުކުރު މިސްކިތުގެ އިންފާރު، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ރާނާ ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މަސައްކަތުގެ މައުލޫމާތުގައި ވާގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06  އޭޕްރިލް 2022 އިން  11 އޭޕްރިލް 2022 އަށް  (ރަސްމީގަޑީގައި)

9:00 އިން 13:00 އަށް

އަންދާސީ ހިސާބު ބަލައިގަތުން

14 އޭޕްރިލް 2022

ބުރާސްފަތި

11:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ.މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %70 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. މަސައްކަތުގެ ތަޖުރިބާއަށް (ކޮށްފައިވާ މަސައްކަތްތަކުގެ އެންމެ ގިނަ ކަންތައްތައް ހުށަހަޅާ ފަރާތަކަށް އެންމެގިނަޕޮއިންޓްދިނުން)
  3. މަސައްކަތް ނިންމާނެ މުއްދަތު %20 (އެންމެ އަވަހަށް މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ މުއްދަތަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް ހުށައަލާފައިވާ ތަރުތީބުން ޕޮއިންޓްދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. 128 ފޫޓް ފައުންޑޭޝަންއެޅުން 6”x7” (ހައިންޗި ހަތްއިންޗިއަށް)
  2. ފައުންޑޭޝަން އަށް 9mm ގެ ދެދަނގަނޑު ލާ އެއްފޫޓުން 6mm ގެ ރިންގު އަޅުވަން ވާނެއެވެ.
  3. ކޮންކްރިޓް މަސައްކަތް ކުރަންވާނީ ހިލަޔާއި ހިލަވެލިންނެވެ.
  4. ރޭނުމަށް ބޭނުން ކުރަންވާނީ ހަތަރު އިންޗީގެ ގަލެވެ. ރޭނުމާއި ސިމެންތި ޖެހުމުގައި ދިވެހި ވެލި ބޭނުން ކުރެވިދާނެއެވެ.
  5. ރާނާ ފާރުގެ އުސްމިނަކީ ހަމަބިމުން ފެށިގެން ތިންފޫޓެވެ.
  6. ރާނާ ފާރުގައި 12mm ގެ އެއްދަގަނޑު ލެއްވުމަށްފަހު ހައިންޗި ފަސްއިންޗީގެ މަތީބެރިއެއް އަޅަން ވާނެއެވެ.
  7. ރާނާ ފާރުގައި ވިހިފޫޓު ދުރުމިނުން ފާރުގައި ހައިންޗީގެ ކެނޑުމެއް ބަހައްޓާ ފާރަށް ކޮންކްރިޓް އަޅަން ވާނެއެވެ.
  8. މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ ސައިޓް ރަނގަޅަށް ސާފުކުރަން ވާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

06 އޭޕްރިލް 2022
ހޯދާ