މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު ރައްޔިތުންގެ ޕްރީސްކޫލް މަރާމާތުކުރުން

އިޢުލާން

ށ.ކަނޑިތީމު ރައްޔިތުންގެ ޕްރީސްކޫލް މަރާމާތުކުރުން

 

މިކޮމެޓީން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ށ.ކަނޑިތީމު ރައްޔިތުންގެ ޕްރީސްކޫލް މަރާމާތު ކޮށްދޭން ސަޢުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޝަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 06 އޭޕްރީލް 2022 (ބުދަ) ދުވަހުން ފެށިގެން 14 އޭޕްރީލް 2022 (ބުރާސްފަތި) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms/d/1xVlpabctXWVLwrzcwjQUHvd8EIe_Tmwd3ijiJhDL_3U/edit

އިތުރު މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތަކުން 17 އޭޕްރީލް 2022 (އާދިއްތަ) ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 19 އޭޕްރީލް 2022 (އަންގާރަ) ދުވަހުގެ 12:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު:  6/2013  (ކުދި އަދި މެދުފަންތީގެ ވިޔަފާރިގެ ޤާނޫނުގެ)ގެ ދަށުން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

06 އޭޕްރިލް 2022
ހޯދާ