އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
މުއްދަތު: 1 އަހަރާއި 11 މަސް
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޭޝަންޓުންގެ ބަލި ދެނެގަތުމުގައި ބަލިމީހުންނާއި މުއާމަލާތްކޮށްގެން ވާހަކަ ދެއްކުމުގައި އަދި ބަސްބޭނުންކުރުމުގައި އުދަނގޫކަން ހުރި މިންވަރު ދެނެގަތުން.
- ފަރުވާއަށް އެދި އަންނަ މީހުންގެ ވާހަކަ ދެއްކުމުގައިހުރި އުދަގޫތައް ދެނެގަތުމަށްޓަކައި "ބޭސިކް ރީޑިންގ ، ވޯކަލައިޒިންގ ޓާސްކް" ފަދަ ސްޓޭންޑަޑައިޒް ޓެސްޓުތައްހެދުން.
- ފަރުވާ ކުރިއަށްގެންދާނެ އެކިއެކި ގޮތްތައް ދެނެގަތުން.
- ވަކިވަކި ބަލިމީހުންނަން ބޭނުންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލައި ކުރިއަށް ގެއްދިޔުން.
- ޕޭޝަންޓުންނަން ފަރުވާ ދިނުމުގައި ތަފާތު އަޑުތައް ލެއްވުމާއި އަޑު އިސްލާހު ކުރުމަށް ބަލިމީހުންނަން ދަސްކޮށްދިނުން.
- ވާހަކަ ނުދެއްކޭ ނުވަތަ ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ބަލިމީހުންނަން މުއާމަލާތް ކުރުމަށް އެހެނިހެން ގޮތްތައް (ސައިން ލޭންގުއޭޖް) ދަސްކޮށްދިނުން.
- ޕޭޝަންޓުންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން.
- ކާތަކެތި ދިރުވުމަށް ބޭނުންކުރާ މަސްތައް ވަރުގަދަކުރުމަށާއި ތަރައްގީ ކުރުމަށް ބަލިމީހުންނާއި އެކު މަސައްކަތް ކުރުން.
- ސެޝަންތަކުގައި ކުރިއަށްގެއްދެވޭ ފަރުވާ / ހަރަކާތްތައް ގޭގައި ކުރިއަށް ގެއްދިޔުމަށްޓަކައި ބެލެނިވެރިންނަން ތަމްރީނުދިނުން.
- ބޭނުންވެއްޖެ ހިނދެއްގައި ކްލިނިކަލް ދާއިރާތަކުގެ ކޮންސަލްޓަންޓުން ، ސައިކޮލޮޖިސްޓުން އަދި އިޖްތިމާއި މަސައްކަތްތެރިންނާއި އެކު އެދެވޭ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުތުތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ސްޕީޗް ލޭންގްއޭޖް ޕެތޮލޮޖީ ނުވަތަ ސްޕީޗް ޕެތަލޮޖީ ނުވަތަ ސްޕީޗް ތެރަޕީ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސްޕީޗް ލޭންގްއޭޖް ޕެތޮލޮޖީ ނުވަތަ ސްޕީޗް ޕެތަލޮޖީ ނުވަތަ ސްޕީޗް ތެރަޕީ ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ހާސިލްކޮށްފައިވާ ލީގަލް ދާއިރާއާއި ގުޅޭ ތައުލީމާއި ތަމްރީނަށް ބަލައިގެން
- ލީގަލް ދާއިރާގައި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
|
|
ވީމާ، މި މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ސިޓީއަކުން 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:00 [email protected] އަށެވެ.
- މަގާމަށް އެދި ހުށަހުއްވާ ސިޓީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
- ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
- މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)
5 ރަމަޟާން 1443
6 އޭޕްރީލް 2022
|