ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު
1. ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން، 30 އެނދުގެ ތިރީގައިވާ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.
ޕްރޮކިއުމަންޓް ނަންބަރު |
ޕްރޮޖެކްޓުގެ ނަން ނަން |
ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ޔޫ.އެސް ޑޮލަރ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާ އިން) |
TES/2022/W-044 |
ހދ.ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-045 |
ށ.މިލަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-046 |
ނ.ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-047 |
ކ.ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-048 |
އދ.މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-049 |
ވ.ފެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
TES/2022/W-050 |
ތ.ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް |
USD 35,000.00 |
2. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މަތީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01 އަދި GC01-05އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނޭކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
5. މި ބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 5 އެޕްރީލް 2022 އިން 6 ޖޫން 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 10 ވަނަ މާއްދާގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް؛
- ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް؛ އަދި
- ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
6. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 6 އެޕްރީލް 2022ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
7. މި ބީލަންތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން 5 މެއި 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މި ދަޢުވަތުގެ 10 ވަނަ މާއްދާގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ އެޑްރެހަށް ލިޔެގެން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.
8. މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
9. ބިޑު ހުޅުވުން އޮންނާނީ 9 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349296,+960 3349319+960 3349115
އީމެއިލް : [email protected]
ކޮޕީ : [email protected]