މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން މި މިނިސްޓްރީން ހިންގަމުންގެންދާ ކެމްޕެއިންގެ ދަށުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ވާހަކަ ސީރިސް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން މި މިނިސްޓްރީން ހިންގަމުންގެންދާ ކެމްޕެއިންގެ ދަށުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ވާހަކަ ސީރިސް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)459-PL/459/2022/27 އިޢުލާނަށް ހުށަހެޅިފައިވާ އަންދާސީ ހިސާބުގެ އަގުބޮޑުވުމާއި، މަޢުލޫމާތަށް ބަދަލުއައުމާ ގުޅިގެން އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

14 އޭޕްރީލް 2022

 

ބުރާސްފަތި

 

10:00

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިގުން

 

05 އޭޕްރިލް 2022
ހޯދާ