އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
2022 - 2024 ށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފެހުމަށް ބޭނުންވެއްޖެ

އިޢުލާން

2022 – 2024 ށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފެހުމާއި ގުޅޭ

           

2022 – 2024 ށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް މިސުކޫލުގެ އޮފީހައް ދުރުވެ މައުލޫމާތު ދިނުމުގެ ސެސަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ.

 

ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން

2022 އޭޕްރީލް 5 ން އޭޕްރިލް 7 ވަނަ ދުވަހު 12:00 އަށް

2022 އޭޕްރިލް 14 ވަނަ ދުވަހު 13:00 ށް

              މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު  (2013/06)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                                                       

              ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.

ރެޖިސްޓްރީވުމަށް ސްކޭންކޮށްލާ ނުވަތަ ކްލިކްކޮށްލާ! 

  https://forms.gle/GmkZNTrdqRzX1mE36             

05 އޭޕްރިލް 2022
ހޯދާ