މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ދަރިވަރުންނަށް ވަންމީލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މާމެންދޫ ސްކޫލް

ގއ. މާމެންދޫ 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންނަށް "ވަން މީލް" ޕްރޮގްރާމުގެ ދަށުން މީލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

  1. މި ސްކޫލުގެ ދަރިވަރުންގެ ތެރެއިން ވަންމީލު ބޭނުންވާ ދަރިވަރުންނަށް ވަންމީލު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 އޭޕްރީލް 5 އިން 2022 އޭޕްރީލް 13 ވަނަ ދުވަހު މެންދުރު 1:00އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ މި ސްކޫލުގެ ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭ އެއްވެސް ސުވާލެއް އޮތްނަމަ 13 އޭޕްރީލް 2022ވަނަ ދުވަހު 1:00ގެ ކުރިން މިސްކޫލުގެ އިމެއިލް އެޑްރެސް [email protected] އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 އޭޕްރީލް 2022ވާ ހޯމަ ދުވަހު ހެނދުނު 10:30ގައި ގއ. މާމެންދޫ ސްކޫލުގައެވެ.
  5. މި ޕޮރޮޖެކްޓުގެ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ.
  6. މި ޕޮރޮޖެކްޓާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

ގއ. މާމެންދޫ ސްކޫލް

މާމެންދޫ، ދިވެހިރާއްޖެ

ފޯނު: 7983073

އީމެއިލް: [email protected]

4 ރަމަޟާން 1443

5 އޭޕްރީލް 2022

05 އޭޕްރިލް 2022
ހޯދާ