މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރީޖަން 2 - ކޮންސަލްޓަންސީ ފޯ ޑިވެލޮޕްމަންޓް އޮފް ރީޖަނަލް އެންޑް ޒޯން ޑިވެލޮޕްމެންޓް ޕްލޭން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

  ރީޖަން 2 - ކޮންސަލްޓަންސީ ފޯ ޑިވެލޮޕްމަންޓް އޮފް ރީޖަނަލް އެންޑް ޒޯން ޑިވެލޮޕްމެންޓް ޕްލޭން  

]MV-MONPI-279485-CQS ރިފަރެންސް ނަންބަރު: ]

 

ވޯލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ރީޖަން 2- ކޮންސަލްޓަންސީ ފޯ ޑިވެލޮޕްމަންޓް އޮފް ރީޖަނަލް އެންޑް ޒޯން ޑިވެލޮޕްމަންޓް" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ނޭޝަނަލް ސްޕޭޝަލް ޕްލޭން، އައިލެންޑް ޑިވެލޮޕްމަންޓް ޕްލޭން، އެޓޯލް ޑިވެލޮޕްމަންޓް ޕްލޭން އާއި އެއްގޮތްވާ ގޮތުގެ މަތިން ރީޖަން 2 އަށް ޒޯން ޑިވެލޮޕްމަންޓް ޕްލޭން އަދި ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭން އެއް ތައްޔާރުކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ތިރީގައި މިވާ ކްރައިޓީރިއާ އަށެވެ.

ހ. މަދުވެގެން 08 އަހަރުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ މި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލިބިފައިވުން

ށ. އާރބަން ޑިޒައިން/ޕްލޭނިންގ އަދި މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

ނ. ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ރ. މި މަސައްކަތް ކުރެވޭ ފަންނީ ޤާބިލު ފަރާތްތަށް ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފާރމްގައި ހުރިތޯ ބެލޭނެއެވެ. އެހެންނަމަވެސް، އެފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ މި މަރުޙަލާގައި އިވެލުއޭޓް ނުކުރެވޭނެއެވެ.

 

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މެއި 2022 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ސީސީ: [email protected]

05 އޭޕްރިލް 2022
ހޯދާ