ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޤާނޫނީ ވަކީލުންގެ ގޮތުގައި ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ އެންމެހާ ފަރާތްތައް ބާ ކައުންސިލުގައި ރަޖިސްޓްރީ ކުރުމާ ގުޅޭ

      ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމަށްފަހު ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ އިތުރުން ޤާނޫނީ ޚިދުމަތް ދިނުމުގެ މަސައްކަތްކޮށްދެވޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އިންހައުސް ކައުންސެލެއްގެ ގޮތުގައި ނުވަތަ އެއިން ތަނެއްގެ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި ޤާނޫނީ ޚިދުމަތްދޭ ފަރާތްތަކަށް ކަމަށް މި ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ/ ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމަށް މި ކައުންސިލުން މި ދަނީ މަސައްކަތް ކުރަމުންނެވެ.

      ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޞައްޙަ މަޢުލޫމާތު ހިމެނޭ އަދާހަމަކުރެވިފައިވާ ދަފްތަރެއް އެކުލަވާލެވިފައި އޮތުމަކީ ޤާނޫނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤާނޫނީ ޚިދުމަތް ހޯދުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެ ކަމެކެވެ.  އަދި ޤާނޫނީ ވަކީލުންނާ ގުޅޭނެ މަޢުލޫމާތުތައް މިފަދައިން ލިބެން ހުރުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކީލުންގެ އެހީތެރިކަން ހޯދާ ފަރާތްތަކަށް އެކަމުގެ މަގު ތަނަވަސްވެ، އެކްސެސް ޓު ޖަސްޓިސްއަށް މަގު ފަހިވެގެންދާނެކަމަކަށްވާތީ، މި ދަފްތަރުގެ މަސައްކަތް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މި ކައުންސިލުން ބޭނުންވެއެވެ.

      އެހެންކަމުން، ތިރީގައި ބަޔާންކޮށްފައިވާ އެންމެހާ ފަރާތްތައް ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމް: https://bit.ly/2Vxf5zw، މެދުވެރިކޮށް، 21 މެއި 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ކައުންސިލުގައި ރަޖިސްޓަރީވުމަށް ދަންނަވަމެވެ.

      1)      ލީގަލް ޕްރެކްޓިސްތަކުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން؛

      2)      ލޯ ފަރމްތަކުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން؛

      3)      ދިވެހި ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އަމިއްލަ ތަނެއްގައި އިން-ހައުސް ކައުންސެލެއްގެ ގޮތުގައި ނުވަތަ އެއިން ތަނެއްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން؛ އަދި

      4)      ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއަކުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ޤާނޫނީ ޚިދުމަތްދޭ ތަންތަނުގައި ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ޤާނޫނީ ވަކީލުން.

 

      މި ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓިގައި ޝާއިޢުކުރުމަށްފަހު، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެހެނިހެން ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޤާނޫނީ ވަކީލުންގެ މަޢުލޫމާތު ހޯދުމަށް ބޭނުންކުރާނީ މި ދަފްތަރުކަމަށްވާތީ، މި އިޢުލާނާ އެއްގޮތްވާގޮތުގެ މަތިން، ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ/ ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުން މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

05 އޭޕްރިލް 2022
ހޯދާ