ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ސެކްރެޓްރިއޭޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ – ގްރޭޑް 01

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން.

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުގެ މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމެއް ހަމަޖެއްސުން.

- އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން.

- އަހަރީ ރިޕޯޓް ޑިޕާޓްމެންޓްތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން.

- އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާކަން ކަށަވަރުކުރުން.

- ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.

މަޤާމް:

 އެސިސްޓެންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 01

މުސާރަ:

 މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސޭލްސް ސްޓޮކް އަޕްޑޭޓްކުރުން.

- މެޓީރިއަލް ރިކްއެސްޓް ތައްޔާރުކުރުން.

- ސޭލްސް ރިސިޓް، ސޭލްސް އޯޑަރ އަދި ޑެލިވަރީ ނޯޓް ތައްޔާރުކުރުން.

- ސޭލްސް ޓާގެޓް ޙާސިލުކުރުމުގެ އެންމެހާ މަސައްކަތްކުރުން. 

- ސޭލްސް ރިޕޯޓްތައް ތައްޔާރުކުރުން.

- ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކާއި ގުޅޭ މަޢުލޫމާތު ދިނުން.

- ޕްރޮޑަކްޓްތައް މާކެޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

މަޤާމް:

 އެސިސްޓެންޓް ހައުސްކީޕިންގ އޮފިސަރ

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 01

މުސާރަ:

 މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1600 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ފެސިލިޓީ.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުން އެކަށައަޅާ ސިޔާސަތާއި އެއްގޮތްވާގޮތުގެމަތިން އެކޮމަޑޭޝަން ފެސިލިޓީތަކުގެ ހައުސް ކީޕިން ހިދުމަތްތައް ދެވޭކަން ކަށަވަރު ކުރުން.

- ހައުސް ކީޕިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތައް ފެސިލިޓީތަކަށް ހަމައަށް ލިބޭކަން ކަމާބެހޭ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކަށަވަރު ކުރުން.

- އެކޮމަޑޭޝަން ފެސިލިޓީތަކުގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުން.

- ހުރިހާ ކޮޓަރިތަކެއް އަދި އެކޮމަޑޭޝަން ބްލޮކްތައް ޤާއިމްކުރެވިފައިވާ މިންގަނޑަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުން.

- ތަނުގައި ބޭނުންކުރެވޭ ތަކެއްޗާއި، ބެހެއްޓިފައިވާ މުހިންމު އާލާތްތައް/ މެޝިނެރީސްތައް ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރު ކުރުން

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން.

- ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި،އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުން

- ތަނުގެ އާއްމު ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން

- ތަނުގައި ބަހައްޓަންޖެހޭ ސައިން ބޯޑްތައް/ލިޔުންތައް ހަމައަށް ހުރިތޯބެލުމާއި، ނެތްކަމަށް ފާހަނގަވާ ބޯޑެއް/ލިޔުމެއް ވާނަމަ ވެރިންނާއި ވާހަކަދައްކައިގެ އެފަދަ ތަކެތި ހަމަކުރުން.

- ފެސިލިޓީތަކުގައި ދެވޭ ހައުސް ކީޕިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓްގެ އިސްވެރިން މެދުވެރިކޮށް މެނޭޖްމަންޓަށް ހުށައެޅުން.

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 07 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                        03 ރަމަޟާން 1443   

04 އޭޕްރިލް 2022
ހޯދާ