އަލްމަދްރަސަތުލް މުނައްވަރާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ސްކޫލްގެ ސެކިޔުރިޓީ  ބެލެހެއްޓުމުގެ މަސައްކަތް، 15 އެޕްރީލް 2022 އިން 31 ޑިސެންބަރ 2022 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 03 މީހުން
  • މަސައްކަތުގެ އަގު: މަހަކު -/5000 (ފަސްހާސް) ރުފިޔާ، މީހަކަށް
  • ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ހަވާލުވާ ފަރާތަށް ސްކޫލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު 5000  (ފަސްހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ސްކޫލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، ސެކިޔުރިޓީ ބަލަހައްޓާ ފަރާތަކަށް ނުލިބޭނެއެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ. 
  • މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއިއެކު މިސްކޫލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
  • މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.

 

      ވީމާ، ކޮންޓްރެކްޓް އުސޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އެޕްރީލް 10 ވާ އާދިއްތަ ދުވަހު، މެންދުރު 12:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވަނެއެވެ.

 

04 އޭޕްރިލް 2022
ހޯދާ