މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިި މިނިސްޓްރީއަށް 1 (އެކެއް) އަހަރު ދުވަހަށް 5000 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ

މި މިނިސްޓްރީއަށް 1 (އެކެއް) އަހަރު ދުވަހަށް 5000 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތްތަކެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2022/17 އިއުލާންގެ މައުލޫމާތު ކަރުދާހަށް އިސްލާހުތަކެއް ގެންނަންޖެހުމުގެ ސަބަބުން އިއުލާން ބާތިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 07 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 އޭޕްރިލް 2022ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން [email protected]  އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

04 އޭޕްރިލް 2022
ހޯދާ