ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-337898

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ / ތ. ގުރައިދޫ

މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  3. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  4. ކޯޕަރޭޓް އެފެއާޒް ޔުނިޓްގެ މަސައްކަތްތައް ރޭވުމާއި، ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި، ސިވިލް ސަރވިސް ޤަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކުރުމާއި އެޕްރައިޒްކުރުމާއި، އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި ފިޔަވަޅުއެޅުން.
  5. އިދާރާއަށް ޖެމްސްއިން، މެއިލްއިން ނުވަތަ އެހެނިހެން ގޮތްގޮތުން ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމަށްފަހު ޔުނިޓްތަކަށް ފޮނުވުމުގެ މަސައްކަތާއި، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތާއި ދުވަހު ޔައުމިއްޔާ ލިޔުމުގެ މަސައްކަތް މޮނިޓަރ ކުރުމާއި ސުޕަވައިޒްކުރުން.
  6. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޟިރީއާއި ޗުއްޓީއާއި، މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ބަދަލުކުރުމާއި، މުވައްޒަފުންނާއި ގުޅުންހުރި ރިކޯޑްސްތައް ބެލެހެއްޓުމާއި އެނޫންވެސް ހިއުމަން ރިސޯސްއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް މޮނިޓަރ ކުރުމާއި ސުޕަވައިޒްކުރުން.
  7. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި އިމާރާތްތައް ބެލެހެއްޓުމާއި، އެތަންތަނުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމުގެ މަސައްކަތްތަކާއި، އެތަންތަނުގައި އިންދާ ހައްދާފައިވާ ގަސްތައް ބެލެހެއްޓުމާއި، ވަށައިގެންވާ މަގުތައް ކުނިކަހާ ކުނިއުކާލުމުގެ މަސައްކަތްތަކާއި، އެނޫންވެސް މަސައްކަތުމީހުންނާއި ގުޅުންހުރި ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން.
  8. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ގަވާއިދާއެއްގޮތަށް މަހުންމަހަށް ތައްޔާރުކުރަންޖެހޭ މުސާރަޝީޓްތައް ތައްޔާރުކޮށް ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުވައްޒަފުންނަށް ދޫކުރުމުގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި ސުޕަވައިޒްކުރުން.
  9. ކައުންސިލް އަހަރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތީން ތައްޔާރުކުރުމުގައި ބައިވެރިވުމާއި، ކައުންސިލްގެ މާލީ ބަޔާނާއި މާލީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، މަސްދުވަހުގެ ޚަރަދު ރިޕޯޓާއި އާމްދަނީ ރިޕޯޓް އަދި ތިޖޫރީ ހަފްތާ ރިޕޯޓް ފަދަ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް މޮނިޓަރ ކުރުމާއި ސުޕަވައިޒްކުރުން.
  10. ކޮންޓްރެކްޓަށް ނަގާ މުވައްޒަފުންގެ ކަންކަން ހިނގަމުންދާގޮތް ބަލައި މޮނިޓަރކުރުން.
  11. ދުވަހު ޔައުމިއްޔާ އަށް ބޭނުންވާ ނޯޓް ހަދައި ޔައުމިއްޔާގެ ކަންކަން ހިނގަމުންދާގޮތް ބަލައި މޮނިޓަރކުރުން.
  12. ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮގުތައް:

 

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

އެގްރިކަލްޗަރަލް ސައިންސް

އެންތްރޯޕޮލޮޖީ

އާކިޓެކްޗަރ

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ސިވިލް އިންޖިނިއަރިންގ

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ކަލްޗަރ އެންޑް ހެރިޓޭޖް

ޑިމޮގްރަފީ

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

އެންވަޔަރަންމެންޓަލް ސައިންސް

ފައިނޭންސް

ގަވަރނަންސް

ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް

ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް

ހިއުމަން ރިސޯސް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލީޑަރޝިޕް

ލައިބްރަރީ ސައިންސް

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މެރިން ސައިންސް

މާކެޓިންގ

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

ސޯޝަލް ވޯރކް

ސޯޝިއޮލޮޖީ

ސްޕޯޓްސް މެނޭޖްމަންޓް

ސްޓެޓިސްޓިކްސް

ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

އަރބަން ޕްލޭނިންގ

އާބަން ސްޓަޑީޒް

 

 

ޕްރެފަރޑް ޑިސިޕްލިންތައް:

 

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

އެގްރިކަލްޗަރަލް ސައިންސް

އެންތްރޯޕޮލޮޖީ

އާކިޓެކްޗަރ

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ސިވިލް އިންޖިނިއަރިންގ

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ކަލްޗަރ އެންޑް ހެރިޓޭޖް

ޑިމޮގްރަފީ

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

އެންވަޔަރަންމެންޓަލް ސައިންސް

ފައިނޭންސް

ގަވަރނަންސް

ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް

ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް

ހިއުމަން ރިސޯސް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލީޑަރޝިޕް

ލައިބްރަރީ ސައިންސް

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މެރިން ސައިންސް

މާކެޓިންގ

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

ސޯޝަލް ވޯރކް

ސޯޝިއޮލޮޖީ

ސްޕޯޓްސް މެނޭޖްމަންޓް

ސްޓެޓިސްޓިކްސް

ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

އަރބަން ޕްލޭނިންގ

އާބަން ސްޓަޑީޒް

 

 

ކޯރ ޑިސިޕްލިންތައް:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ތ. ގުރައިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15%

ޕްރެޒެންޓޭޝަން

10%

އިންޓަރވިއު

30%

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޭޕްރީލް 2022 ގެ 13:00 ގެ ކުރިން، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަން ދިނުން އޮންނާނީ 17 އޭޕްރީލް 2022 އާއި 23 އޭޕްރީލް 2022 އާ ދެމެދު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780715 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

04 އޭޕްރިލް 2022
ހޯދާ