ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު މާލެގަން އަވަށު "ނަތީޖާ" ގޯތީގެ އިރުއުތުރުން ހޭޅިފަށާއިވީ ފަރާތުގައި ހުރި ނަންބަރު 01 އަދި 02 ޖަހާފައިވާ ރުއްތަކުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި ރުއްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2022 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ ރުއްގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްތަކެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ރުކުގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ކަމުގެ ޝަރުޢީ ލިޔުމާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ހުށަހެޅުއްވުން އެދެމެވެ.

04 އޭޕްރިލް 2022
ހޯދާ