މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

އިޖުތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

 

                އޭދަފުށީ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

   

               ވީމާ، މިކަން ކުރުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުމަށް  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކުރުން އޮންނާނީ އޭދަފުށީ ކައުންސިލްގެ އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެގޭފަދަ ރަސްމީ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.  

 

         މަޢުލޫމާތު ދިނުން

     އަންދާސީ ހިސާބު ހުށަހެޅުން

10 އެޕްރީލް  2022 ވާ އާދީއްތަ  ދުވަހުގެ  11:00 އަށް

17 އެޕްރީލް  2022 ވާ އާދީއްތަ  ދުވަހުގެ 11:00 އަށް

 

                 ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއް ނެތި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީއާއިން ފޮނުވާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާތިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.              

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޭޕްރިލް 2022
ހޯދާ